ޑަބްލިއުޑީސީގެ މެންބަރު
އަންހެނުން ކުރިއަރައި ކާމިޔާބު ހޯދުމަށް ހުނަރާއި އިތުބާރު ބިނާކުރުން.
އަލްފާޟިލާ ސަމްސީނާ މުޙައްމަދު މަސައްކަތްޕުޅު ކުރައްވަނީ ކޮމިޓީގެ ހުނަރު ތަރައްޤީކުރުމާއި ދިރިއުޅުމުގެ ވަސީލަތްތައް ފުޅާކުރުމުގެ ޙަރަކާތްތަކަށް އެހީތެރިވެދެއްވުމަށެވެ. އެގޮތުން އަންހެނުންނަށް ތަމްރީނާއި ވިޔަފާރިވެރިކަމުގެ ފުރުޞަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބޭނުންވާ އިތުބާރު އުފެއްދުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަކީ ކައުންސިލާ ގުޅިގެން މާފުށީގައި އަންހެނުންގެ ބައިވެރިވުމާއި ބާރުވެރިކުރުން ކުރިއެރުވުމަށް މަސައްކަތްކުރާ އިންތިހާބީ ޖަމާއަތެކެވެ.